ޕީޕީއެމްގެ ޖަލްސާތަކުގައި ސަރުކާރު މުވައްޒަފުން ބައިވެރިވުމަށް ދަނީ މަޖުބޫރު ކުރުވަމުން: އެމްޑީޕީ

ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަލްސާތަކަށް ދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަންގައި މަޖުބޫރުކުރުވަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން މިއަދު ނެރ...

19 Feb 2015 | 09:39

ސަރުކާރު ހިންގާ ޕީޕީއެމްގެ ޖަލްސާތަކަށް ދިއުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް އަންގައި މަޖުބޫރުކުރުވަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އެންގުންތަކާ އެއްގޮތަށް ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުނުވާ މުވައްޒަފުންނާމެދު ފިޔަވަޅުއަޅައި ވަޒީފާއިން ވަކިކުރާނޭ ކަމުގެ ބިރުމުވައްޒަފުންނަށް ދައްކަމުންދާ ކަމަށާއި އެއީ ގާނޫނުއަސާސީއާއި އަދި ވަޒީފާއާ ބެހޭ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އެ ޕާޓީން ބުނީ ޖަލްސާއަށް ނުގޮސްގެން ފިޔަވަޅު އެޅޭ ފަރާތްތަކުގެ ދިފާއުގައި އެމްޑީޕީ ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަގީންކަން އެފަރާތްތަކަށް އަރުވާ ކަމަށެވެ.

"ސަރުކާރުގެ މި ޢަމަލަކީ ރައްޔިތުންގެ ތާޢީދު ސަރުކާރަށް ނެތުމުން ހިންގާ ނާތަހުޒީބު އަދި ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކުރަމެވެ. އަދި ޕީޕީއެމްގެ ޖަލްސާތަކަށް ނުދިއުމުގެ ސަބަބުން އެއްވެސް މުވައްޒަފަކާމެދު އެއްވެސް ފިޔަވަޅެއް އަޅައި ނުވަތަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެއެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ވަނީ ޕީޕީއެމްގެ ޖަލްސާތަކަށް ހާޒިރުވުމަށް ސަރުކާރުގެ ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ސަރުކާރުން އަންގައި މަޖުބޫރުކުރުވަމުންދާ ދިއުން މިހާރުން މިހާރަށް ހުއްޓައިލުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ ވެރިކަމުގައިވެސް ސަރުކާޜު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން އެމްޑީޕީގެ ޖަލްސާތަކުގައި ބައިވެރިވުމަށް އަންގަމުންދިޔަ ކަމަށް ބުނެ ޕީޕީއެމްއާއި ޖޭޕީގެ އިތުރުން ޑީއާރުޕީންވެސް ބަޔާން ނެރެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް