ގާނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ފަތްކޮޅު އަރުވައިފި

ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެމިއުއެލް ‏‏ޕެންޔިން ޔެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ‏‏އަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ. ...

19 Feb 2015 | 08:57

ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެމިއުއެލް ‏‏ޕެންޔިން ޔެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ‏‏އަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.

‏

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ‏‏ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ގާނާއާ ދެގައުމުގެ ‏‏ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުންނާއި، ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ‏‏ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވި އެވެ.

‏

މިބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ. ‏‏އަދި ގާނާގެ ސަފީރުގެ އަރިހުގައި، ‏‏ނިއުދިއްލީގައި ހުންނަ ގާނާ އެމްބަސީގެ ‏‏ބައެއް ‏‏އިސްބޭފުޅުންވެސް މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ‏‏ބައިވެރިވެވަޑައިގެންނެވި އެވެ.‏

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް