ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމަށް ހައިކޯޓު ހިމެނޭ ސަރަހައްދަށް އެއްވުމަށް ގޮވާލަމުންދަނިކޮށް އީގަލް ޝަރީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ޕިކަޕެއްގައި އީގަލް ޝަރީފު ގޮވާލަމުންދިޔައީ ކުރީގެ ޑިފެންސް މިނިސްޓަރުގެ ޝަރީއަތް މިއަދު ކުރިއަށްދާއިރު ހައިކޯޓު ސަރަހައްދަށް މީހުން އެއްވުމަށެވެ. އަދި އެކަން ހުއްޓުމަށް ފުލުހުން ތަކުރާރުކޮށް ޝަރީފަށް އެންގި ކަމަށާއި ނަމަވެސް އެކަން ނުހުއްޓުމުން ޝަރީފް ދަތުރުކުރަމުންދިޔަ ޕިކަޕާއި އަދި ޕިކަޕްގެ ޑްރައިވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.
ޝަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހެނދުނު 10:00 ހާއިރު ކެފޭ އޭސިއާނާ ކައިރިންނެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވުން މަނާ ސަރަހައްދަކަށް އެއްވުމަށް ގޮވާލަމުންދިޔަ ދެމީހަކާއި އެ ދެމީހުން ތިބި ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް