ރައީސް ޔާމީނަށް ތާއީދުކުރާ ހުރިހާ ޒުވާނުން މިއަދު މުޒާހަރާއަށް ނިކުތުމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގޮވާލައްވައިފި އެވެ.
މިނިސްޓަރު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި މިނިސްޓަރު ވިދާޅުވެފައިވަނީ "ރައީސް ޔާމީނަށް ތާއީދުކުރާ އެންމެހާ ޒުވާނުން މިއަދު ހަވީރު 4:00 އަށް ހެދިގޮނޑުދޮށް ސަރަހައްދަށް އައިސް ރައީސް ނަޝީދުއާއި ގާސިމް އިބްރާހިމްއާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެދޭ ކަމަށެވެ.
https://twitter.com/Ahmed_Adeeb/status/568268427464294400
އަދި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ގެންދަވަނީ ޒުވާނުންގެ މުސްތަގްބަލް ވީރާނާ ކުރައްވަމުން ކަމަށްވެސް އަދީބުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މުޒާހަރާއަކަށް ޓުއަރިޒަމް މިނިސްޓަރު ގޮވާލައްވާފައިވާއިރު އިދިކޮޅު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން އަންނަނީ ވެރިކަން ބަދަލު ކުރުމަށް ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އެގޮތުން ރޭގައިވެސް މާލޭގެ ދެ ސަރަހައްދެއްގައި މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު މި އަހަރު ނިމުމުގެ ކުރިން ސަރުކާރު ވައްޓާލާނެ ކަމަށް ޖޭޕީ އެމްޑީޕީ ކޯލީޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް