ވައި ނުސާފުވެފައިވާތީ ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެފައިވާތީ ވައި ނުސާފުވާ ވަގުތުތަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. ސަމާލުވާންވީ ކަންކަންވެސް އެޗްޕީއޭއިން ބުނެދީފަ...

19 Jan 2025 | 11:20

ރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެފައިވާތީ ވައި ނުސާފުވާ ވަގުތުތަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ސަމާލުވާންވީ ކަންކަންވެސް އެޗްޕީއޭއިން ބުނެދީފައިވެއެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ބޭރަށް ނިކުނަންޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށް އަދި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަވަގުތު ހޭދަ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުންފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

މިއަދު ރާއްޖޭގެ ވައިގެ ކޮލިޓީ ހުރީ 156 ގައި ކަމަށް ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޮރ މެރިޓައިމް ސްޓަޑީސް ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާފައިވެއެވެ. 156 އަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް