ވިލުފުށީ ސްކޫލުގައި ޓީޗަރަކު ދަރިވަރުންތަކަކަށް އަނިޔާކުރާކަމަށްބުނެ ބެލެނިވެރިން އިހުތިޖާޖުކޮށްފި

ތ. ވިލުފުށީ ސްކޫލުގެ ލީޑިން ޓީޗަރަކު ދަރިވަރުންތަކަކަށް އަނިޔާކުރާކަމަށްބުނެ އެ ސްކޫލުގެ ބެލެނިވެރިންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ. ގަޑިއިރެއްހާއިރަށް ކުރިއަށްގެންދިޔަ އެ އިހުތިޖާޖުގައި އެ ބެލެނި...

19 Jan 2025 | 06:03

ތ. ވިލުފުށީ ސްކޫލުގެ ލީޑިން ޓީޗަރަކު ދަރިވަރުންތަކަކަށް އަނިޔާކުރާކަމަށްބުނެ އެ ސްކޫލުގެ ބެލެނިވެރިންތަކެއް މިއަދު އިހުތިޖާޖުކޮށްފިއެވެ.

ގަޑިއިރެއްހާއިރަށް ކުރިއަށްގެންދިޔަ އެ އިހުތިޖާޖުގައި އެ ބެލެނިވެރިން ވަނީ އެ ބެލެނިވެރިންގެ އިހުސާސްތަކާއި ޝަކުވާތައް އަޑުއިއްވާފައެވެ.

އެ ބެލެނިވެރިންގެ ތެރެއިން ދުވަހަށް މައުލޫމާތު ހިއްސާކުރި ބައެއް ބެލެނިވެރިން ބުނެފައިވަނީ ދިވެހި އަންހެން ލީޑިން ޓީޗަރަކު އެ ސްކޫލުގެ ދަރިވަރުންނަށް އެކި ފަހަރުމަތިން އެކި އަނިޔާކުރިކަމަށް އެ ބެލެނިވެރިން ތުހުމަތުކުރާކަމަށާއި އަދި މައްސަލަ ޖެއްސުމުން އެއްވެސް ފިޔަވަޅެއް ސްކޫލުން ނާޅާކަމަށެވެ.

"މާ ވަރުގަދަ ޓީޗަރެއް އެއީ، އޭނާ ހިތްހަމަނުޖެހޭ ބޭރު ޓީޗަރުންވެސް ވަގުތުން ފޮނުވާލާ" އެ އިހުތިޖާޖުގައި ބައިވެރިވި ބެލެނިވެރިއަކު ބުންޏެވެ.

އެހެން ބެލެނިވެރިއަކު ބުނީ 2023 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި އިތުރު ކަރުދާހަށް ދަރިވަރުން އެދުމުން އެކަން ނުކުރުމުން އެ މައްސަލައަކީވެސް އޮތް މައްސަލައެއް ކަމަށާއި އެހެންނަމަވެސް އެ ޓީޗަރާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

މިކަމުގައި ސްކޫލުގެ ބަހެއް ހޯދާލުމަށް ސްކޫލަށް ގުޅައި، ސްކޫލުގެ ޕްރިންސިޕަލްގެ ނަމްބަރު ސްކޫލުން ދުވަހަށް ހިއްސާކުރިނަމަވެސް ޕްރިންސިޕަލްގެ ފޯނު ނިއްވާލާފައި އޮތުމުން މިކަމުގައި ޕްރިންސިޕަލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް