ސައިފަށް ހަމަލަދިން މީހާ ހައްޔަރުކޮށްފި – ބުނަނީ އެއީ ބަންގްލަދޭޝް މީހެއް ކަމަށް

ބޮލީވުޑް ތަރި ސައިފް އަލީ ޚާން އަށް ހަމަލަ ދިން މީހާ ހައްޔަރުކުރެވިއްޖެކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ. އިންޑިއާ ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ވިޖޭ ދާސް ނަމ...

19 Jan 2025 | 05:38

ބޮލީވުޑް ތަރި ސައިފް އަލީ ޚާން އަށް ހަމަލަ ދިން މީހާ ހައްޔަރުކުރެވިއްޖެކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.

އިންޑިއާ ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ވިޖޭ ދާސް ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް ވިޖޭ ދާސް އަކީ އޭނާގެ އަސްލު ނަން ނޫންކަމަށާއި އަސްލު ނަމަކީ މުހައްމަދު ޝަރީފުލް އިސްލާމް ސެހެޒާދު ކަމަށް ބުނެފައިވެއެވެ.

އޭނާއަކީ މީގެ ހަ މަހެއްހާ ދުވަސްކުރިން ވެސްޓް ބެންގާލް ބޯޑަރުން އިންޑިއާއަށް އެތެރެވެފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި ސައިފް އަލީ ޚާން އާއި އޭނާގެ އާއިލާ ދިރިއުޅޭ ގޭގައި އެ މީހަކު ސައިފަށް ހަމަލާދިނީ ވަޅިއަކުންނެވެ. އެމީހަކީ ވައްކަން ކުރަން ވަދެ އުޅުނު މީހެއްކަން، ނޫންނަމަ ސީދާ ރޭވިގެން ސައިފަށް ހަމަލާދޭން ވަދެ އުޅުނު މީހެއްކަން އަދި ސާފު ނުވާކަމަށް އިންޑިއާ ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް