ރޯދަމަހަށް ހިލޭ ބަހަން ތައްޔާރުކުރާ މަސް ދަޅުތަކުން 40 ގްރާމް އުނިކޮށްފައިވާކަމަށް ދެކެވޭ ވާހަކަ މިފްކޯއިން ދޮގުކޮށްފިއެވެ.
މިކަން ހާމަކޮށް މިއަދު މިފްކޯއިން ބުނެފައިވަނީ ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށާއި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
މިފްކޯއިން މި ރޯދަމަހާ ދިމާކޮށް 140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރެފައިވެއެވެ. 140 ގްރާމްގެ މަސް ދަޅެއް ވިއްކަން ނިންމާފައިވަނީ 15 ރުފިޔާއަށެވެ. އަދި ކޭހެއް 700 ރުފިޔާއަށެވެ.
މިފްކޯއިން ބުނެފައިވަނީ 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށާއި މަސްދަޅު ފްރިޖް ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ.
މި ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް މަސް ކޭހެއްގެ މަގުން ބެހުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް