ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާ ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ފުލުހުން ވަނީ މިއަދު އިއުލާންކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުވުމަށް އަންގާފައިިވަނީ ުޙުސައިން ނާއިސު މުޙައްމަދު، އިތާ / ލ. މާވަށް، (30)އެވެ.
ފުލުހުން ބުނީ އޭނާ ހާޒިރުކުރެވޭ ހައިސިއްޔަތަކީ އެ މައްސަލައާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އަދި އޭނާ ހާޒިރުވުމަށް ފުލުހުން އަންގާފައިވަނީ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންއަށް މި މަހު 25 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށްކަމަށް ފުލުހުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް