ޑްރަގް އެތެރެކުރި ކަމަށް ތުހުމަތުވާ ދެމަފިރިންގެ ބަންދަށް 15 ދުވަސް ޖަހައިފި

ވައި މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ. ކްރިމިނަލް ކޯޓުން އިއްޔ...

19 Jan 2024 | 11:23

ވައި މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމަފިރިންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ކޯޓު އަމުރުގައި ވާގޮތުން، 20 އަހަރުގެ އަންހެން މީހާ އަދި 27 އަހަރުގެ ފިރިހެން މީހާގެ ލަގެޖުން 6 ޕެކެޓު މަސްތުވާތަކެތި ވަނީ ފެނިފައެވެ. އެ ތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި އިރު، އެ ތަކެތި ވަނީ ރެސިމޭޓަށް ޕޮޒިޓިވް ވެފައި ކަމަށް ފުލުހުންނާ ހަވާލާދީ، ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ބަންދު މަޖިލީހުގައި ފިރިހެން މީހާ ބުނެފައިވަނީ އެ ތަކެތި ފެނިފައިވާ ލަގެޖަކީ އޭނާގެ ލަގެޖެއް ނޫން ކަމަށާއި، އެހެން މީހަކު އޭނާއާ ހަވާލުކުރި ލަގެޖެއް ކަމަށެވެ. ނަމަވެސް ލަގެޖު ތެރެއިން ދެމަފިރިންގެ އަންނައުނު ކަމަށް ބެލެވޭ ތަކެތިވެސް ވަނީ ފެނިފައެވެ.

އަންހެން މީހާވެސް ބުނެފައިވަނީ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އޭނާ އަށް ނޭނގޭ ކަމަށެވެ. ނަމަވެސް އަންހެން މީހާގެ އަތް ދަބަހުން 1751 ޔޫއެސް ޑޮލަރު ފެނިފައިވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ދެމަފިރިން ހައްޔަރުކުރުމަށްފަހު ހެދި ޓެސްޓުތަކުން، ފިރިހެން މީހާގެ ކުޑަކަމުދާ ތަކެތި ވަނީ ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް