އިސްލާމީ މަރުކަޒުގެ ފުރާޅުތައް ހަލާކުވެ، މިސްކިތް ތެރެއަށް ވާރެ ވެހޭތީ ޓިނުތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހަލާކުވެފައި ހުރުމުގެ ސަބަބުން، އެތެރެއަށް ވާރެ ވެހޭތީ ވިއްސާރަ ދުވަސްތަކުގައި މިސްކިތް ތެރޭގައި ހުންނަނީ ބަލިދީ ބަހައްޓާފައި ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމީ މިސްކިތުގެ ފުރާޅުގައި ޖަހާ ޓިނު ލިބެނީ ބޭރުން ކަމަށާއި ޓިނުތައް ބަދަލުކުރުމުގެ މަސައްކަތަށް 2 މިލިއަން ރުފިޔާ ހަރަދުވާކަމަށެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް 2022 ވަނަ އަހަރުވެސް ކުރިއަށް ގެންގޮސްފައިވާއިރު، އޭރު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މިސްކިތުގެ ޓިނުތައް ބަދަލުކުރުމުގެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އިސްލާމީ މަރުކަޒު ހުޅުވާފާއިވަނީ 11 ނޮވެމްބަރ 1984ގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް