ފޭސް މާސްކުގެ ސަބަބުން މީހާގެ ޝަހުސިއްޔަތައް އިތުރު ރީތި ކަމަކާއި ފުރިހަމަ ކަމެއް ގެނެސްދޭ ކަމުގައި ކާޑިފް ޔުނިވާސިޓީގެ ދިރާސާ އަކުން ދައްކައިފިއެވެ.
ޑރ. މައިކަލް ލުއިސް ވިދާޅުވާ ގޮތުގައި ކުރިއްސުރެ ފޭސް މާސްކު ބޭނުން ކުރާ މީހުން އަހަރެމެންގެ ތެރޭގައި ލޭބަލް ވެފައި ވަނީ ބޮޑު ބައްޔެއްގެ ސަބަބުން މާސްކު އަޅަމުން އަންނަ މީހުންގެ ގޮތުގައި ކަމަށެވެ.
އެހެންކަމުން، ފޭސް މާސްކު ބޭނުން ކުރާ މީހުންގެ މޫނުމަތީގެ ސިފައަށް މީހުން ސަމާލުކަންދޭވަރު ކުޑަވެފައި މިފަދަ މީހުންނަކީ އަޅައިގަންނަ ފަދަ ރީތި ކަމެއް ނެތް ބައެއްގެ ގޮތުގައި ދެކެއެވެ.
ނަމަވެސް އަހަރެމެންނަށް މިހާރު ފެންނަމުން މިދަނީ އޭގެ ދިމާ އިދިކޮޅު ކަމުގައި ލުއިސް ފާހަގަކޮށްފައި ވެއެވެ. އެގޮތުން މިހާރު އަހަރެމެންނަށް މާސްކު އަޅައިގެން ހުންނަ މީހެއް ފެނުނަސް ބައްޔެއްގެ އިހްސާސް ނުކުރެވޭ ކަމުގައެވެ. އަދި އެމީހުންގެ ފަރާތުން އަޅައިގަންނަ ރީތި ސިފަތައް މާގިނައިން ފާހަގަ ކުރެވޭ ކަމުގައެވެ.
ދާދިފަހުން 43 އަންހެނަކު ބައިވެރިކޮށްގެން ހެދި ދިރާސާއެއްގައި މާސްކު ނާޅާ އަދި މާސްކު އަޅައިގެންތިބި ފިރިހެން މޫނުތަކެއްގެ ތަސްވީރުތަކުގެ ރީތި ކަން ރޭޓު ކުރަން އެދިފައި ވެއެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި މާސްކު އަޅައިގެން ތިބޭ ފިރިހެނުން މާސްކު ނާޅާ ތިބޭ ފިރިހެނުންނާއި އަޅާ ބަލާއިރު މާ ބޮޑަށް ވެސް ރީތި ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އެގޮތުން ލުއިސް ފާހަގަ ކުރި ގޮތުގައި، މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ސިއްހީ ކާރިސާގެ ސަބަބުން މާސްކު އަޅައިގެން އުޅޭ މީހުނާއި މެދު ވިސްނާގޮތް ވަނީ ބަދަލުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް