ތ. އަތޮޅުން ގދ. އަތޮޅަށް މިރޭ ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ

ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފަ އެވެ. އެ ލާޓު ނެރެފައިވަނީ މިރޭ 10:45 ން 12:30 އަށ...

19 Jan 2022 | 17:53

ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފަ އެވެ. އެ ލާޓު ނެރެފައިވަނީ މިރޭ 10:45 ން 12:30 އަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރާނެ އެވެ. އެހެންވެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ރާއްޖޭގެ މޫސުން ލަފާ ކުރާގޮތަށް ބަލާއިރު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ އިރުއުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުނެ އެވެ.

މެޓް އޮފީހުން އިއްޔެ މޫސުމާއި ގުޅޭގޮތުން ބުނީ އިރުވައި މޫސުމުގެ މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި އޮއިވަރު ގަދަވާނެ ކަމަށެވެ. އެންމެ ބޮޑަށް އޮއިވަރު ގަދަވާނެ ކަމަށް ލަފާ ކުރަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގައި އެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް