ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އައްޑޫ ސިޓީ ހުޅުދޫ މުހައްމަދު ހައިކަލް އިސްމާއިލް އެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިރޭ 8:00 ހާއިރު އެވެ.
މަރުވި އިރު އޭނާއަށް ފަރުވާ ދެމުންދިޔައީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ރޭ 7:59 ގައި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ހައިކަލް ދުއްވި ސައިކަލު އޮފް ބެލެންސް ވެގެން ވެއްޓިގެންނެވެ.
ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް