މާވިން އާއި ލަމްހާގެ ޝަރީއަތްތައް މާދަމާ ފަށަން ތާވަލު ކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގަ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީ...

19 Jan 2022 | 16:28

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގަ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތްތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މި މައްސަލައިގަ މާވިންގެ މައްޗަށް އުފުލީ މަރުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް އެކަމަށް އެހީތެރިވުމުގެ ހަތަރު ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަތަކުގެ ޝަރިއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ގައި އެެ.

މާވިން އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާ އަކީވެސް އައިޖީއެމްއެޗުގެ ނަރުހުންނެވެ. މޭރީ ދަންޖެހިގެން މަރުވީ ކަމަށްބުނެ މާވިން އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

މި މައްސަލައިގަ މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގަ ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.

މޭރީގެ މަރާއި މެދު ފުލުހުން ޝައްކު ކުރީ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ހަށިގަނޑުގައި ފެންނަން ނެތުމުންނެވެ. އަދި އޭނާ ދަންޖެހުނު ކަމަށްބުނާ ކޮޓަރީގައި ދަން ޖެހެވޭނެ ގޮތެއް ނެތުމާއި މާވިން އެތަން ސާފު ކުރި ކަމަށް ބުނުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް