ޓޫރިޒަމް ގޯލްޑަން އިޔާ އާއި ގުޅުވައިގެން އުރީދޫ، ދިރާގުން ރިންގްޓޯނެއް ތައާރަފްކޮށްފި

ރާއްޖޭގެ ޓޫރިޒަމަށް ރަންޔޫބީލް ފުރުން ފާހަގަ ކުރަން މިއަހަރު ފާހަގަކުރާ ޓޫރިޒަމް ގޯލްޑަން އިޔާ އަށް ހާއްސަކޮށްގެން އުރީދޫ އާއި ދިރާގުން ހާއްސަ ރިންގް ޓޯނެއް ތައާރަފްކޮށްފިއެވެ. ޓޫރިޒަމްގެ ރަންޔޫބީލް ފ...

19 Jan 2022 | 15:42

ރާއްޖޭގެ ޓޫރިޒަމަށް ރަންޔޫބީލް ފުރުން ފާހަގަ ކުރަން މިއަހަރު ފާހަގަކުރާ ޓޫރިޒަމް ގޯލްޑަން އިޔާ އަށް ހާއްސަކޮށްގެން އުރީދޫ އާއި ދިރާގުން ހާއްސަ ރިންގް ޓޯނެއް ތައާރަފްކޮށްފިއެވެ.

ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަ ކުރުމުގެ ގޮތުން އުރީދޫއިން ތައާރަފްކޮށްފައިވާ ރިންގް ޓޯން ނެގޭނީ "ޓޯން 226981" ޖެހުމަށްފަހު "4000" އަށް މެސެޖު ކުރުމުންނެވެ.

އަދި ދިރާގު ރިންގް ޓޯން ނެގޭނީ "ރިންގް ޓޯން 50338 ޖެހުމަށްފަހު 155" އަށް މެސެޖު ކުރުމުންނެވެ.

ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމުގައިވާ އުރީދޫ އަދި ދިރާގަކީ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގައި ބައިވެރިވާ މުހިންމު ދެ ޕާޓަނަރުންނެވެ.

މިގޮތުން އުރީދޫ އިން ވަނީ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަ ކުރުމަށް މި އަހަރަށް ހާއްސަ ސިމްޕެކެއް ވެސް ނެރެފައެވެ. އަދި މި އަހަރު ފާހަގަ ކުރަމުންދާ ޓޫރިޒަމްގެ ރަންޔޫބިލާއި ގުޅުވައިގެން ދިރާގުން ވަނީ މި އަހަރަށް ހާއްސަ ކަލަންޑަރެއް ވެސް ނެރެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް