ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަން އެޗްޑީސީން އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ. މިސްކިތުގެ އެތެރޭގައި 1400 ޖާގައިގެ މިސްކިތެއް ބިނާ ކުރަން މިއަދު އ...

19 Jan 2022 | 15:31

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1400 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރަން އެޗްޑީސީން އިސްލާމިކް މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

މިސްކިތުގެ އެތެރޭގައި 1400 ޖާގައިގެ މިސްކިތެއް ބިނާ ކުރަން މިއަދު އިސްލާމިކް މިނިސްޓްރީ އާއި އެކު އެއްބަސް ވުމެއް އެކުލަވާލާފައި ވާއިރު މިހާރުވެސް އެ ސަރަހައްދުގައި ދެ މިސްކިތް ހުރެއެވެ.

އެޗްޑީސީން ފަރުމާ ކޮށްފައިވާ މި މިސްކިތް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިންނެވެ.

އެޗްޑިސީއިން ހާމަ ކުރާ ގޮތުގައި ހުޅުމާލޭގެ ބިންތަކުގެ ތެރެއިން ތަފާތު ފަންނުވެރިކަމެއް ފެނިގެންދާނެ މިސްކިތަކަށް މި މިސްކިތް ވެގެން ދާނެއެވެ.

މިއީ 30،655 އަކަފޫޓުގެ ބިމެއްގައި، މިސްކިތުގެ އެތެރޭގައި 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.  އަދި މި މިސްކިތަކީ ކޯޓްޔާޑާއި ލައިގެން 3000 މީހުންގެ ޖާގައަށްވާ ގޮތަށް ފަރުމާ ކުރެވިފައިވާ މިސްކިތެއް ކަމުގައި އެޗްޑީސީން ހާމަކުރެއެވެ.

މި މިސްކިތުގެ ކޯޓްޔާޑް ފަރުމާ ކުރެވިފައި ވަނީ ބޮޑު ޖަމާއަތުގައި މީހުންނަށް އިށީންދެވޭނެ ގޮތަށެވެ. މީގެ އިތުރުން އެޗްޑިސީން ބުނީ މި މިސްކިތް ފަރުމާކޮށްފައި ވަނީ 139 ސައިކަލު ޕާކު ކުރާނެ ޖާގަ ހިމެނޭނެހެންނެވެ.

މި އެއްބަސްވުމުގައި  އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ އެވެ. އެޗްޑީސިގެ ފަރާތުން ސޮއި ކުުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް