ތިލަމާލެ ބުރިޖުގެ އެންމެ މުހިންމު ސާވޭ އަށް ބޭނުންވާ ސާމާނު ރާއްޖެގެނެސްފި

ތިލަފުއްޓާއި މާލެ ގުޅާލާ ތިލަމާލެ ބުރިޖުގެ ސާވޭއަށް ބޭނުންވާ އެންމެ މުހިންމު ސާމާނު ރާއްޖެ ގެނެސްފިއެވެ. ޕްލޭނިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ތިލަފުށި ގުޅާލުމުގެ މަސައްކަތް ހަވާ...

19 Jan 2022 | 11:09

ތިލަފުއްޓާއި މާލެ ގުޅާލާ ތިލަމާލެ ބުރިޖުގެ ސާވޭއަށް ބޭނުންވާ އެންމެ މުހިންމު ސާމާނު ރާއްޖެ ގެނެސްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ތިލަފުށި ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އެފްކޮންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ތައްޔާރުކުރާ ޑީޓެއިލް ޑިޒައިންއަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭތައް ހެދުމަށް ބޭނުންވާ ސާމާނުތައް މިއަދު ރާއްޖެ ގެނެވިފައިވާ ކަމުގައެވެ. ޖިއޯޓެކްނިކަލް ސާވޭ އަކީ ބިމުގެ ވަރުގަދަކަން ދެނެގަތުމަށް ކުރާ ސާވޭ އެކެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގައި މި ސާވޭގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމުގައި ޕްލޭނިންގ މިނިސްޓްރީން ބުނެފައި ވެއެވެ.

ތިލަމާލެ ބުރިޖުގެ އެޅުމުގެ މަޝްރޫޢުގެ ދަށުން، 6.47 ކިލޯ މީޓަރުގެ ދިގު ބުރިޖަކާއި ކޯޒްވޭއަކުން މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި، ގުޅީފަޅު ގުޅާލާނެއެވެ.

ތިލަމާލެ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް