ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމަށް ތަހާރަތު ވަހީދު (ތަހާ) ހަމަަޖައްސައިފިއެވެ.
މިއީ ސިޔާސީ މަޤާމެއް ކަމަށްވާއިރު، ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ މުސާރައިގެ ގޮތުގައި 15،000 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި 1000 ރުފިޔާ އަދި ފޯން އެލަވަންސަށް 500 ރުފިޔާ ލިބޭނެއެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތް ކުރި ތަހާ އަކީ ޗެނަލް-13 އާއި ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކޮށްފައެވެ. އަދި މިހާރު އަމިއްލަ ނޫހެއްވެސް އޭނާ ދަނީ ހިންގަމުންނެވެ.
މިސަރުކާރުގެ ގިނަ އޮފީސްތަކެއްގެ ކޮމިއުނިކޭޝަން އޮފިސަރުންގެ ގޮތުގައި ކުރީގެ އެކި ނޫސްތަކާއި ޓީވީތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައްކަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަކޮށް ރާއްޖެ ޓީވީގައި މަސައްކަތް ކުރި ގިނަ ނޫސްވެރިން މިސަރުކާރުގެ އެކި އޮފީސްތަކުން ސިޔާސީ މަޤާމުތައް ހަމަޖައްސާފައިވާކަން ފާހަގަކޮށްލެވެއެވެ.
ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވެސް ގިނަ އަދަދެއްގެ ސިޔާސީ މަޤާމުތަކަށް އުފެއްދުމަށް ވަނީ ޚާއްސަ ބަޖެޓެއްވެސް ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް