މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް މިއަދު ފަށަން ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފިއެވެ. މަހްލޫފްގެ މައްޗައް ކުރާ ދައުވާގެ މިއަދު...

19 Jan 2022 | 07:58

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް މިއަދު ފަށަން ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މަހްލޫފްގެ މައްޗައް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު 11:00 އަށެވެ. ނަމަވެސް އިދާރީ ބައެއް ސަބަބުތަކާއި ހުރެ މި އަޑުއެހުން ކެންސަލް ވެފައިވާ ކަން ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

މަހްލޫފްގެ މައްޗައް ކްރިމިނަލް ކޯޓުން އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާއެވެ. މަހްލޫފް ރިޝްވަތު ހިފާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުގާބިލްގައެވެ.

ޕީޖީ އޮފީހުން މަހުލޫފްގެ މައްޗައް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މަހްލޫފް ދަނީ މި ތުހުމަތުތައް ދޮގު ކުރައްވައި، އޭނާގެ މައްޗައް އުފުލަނީ ޒާތީ ދައުވާ އެއް ކަމުގައި ވިދާޅުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް