ޖުނައިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުން ސަލާމަތްވެއްޖެ

އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކުރީގެ ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުން ސަލާމަތް ވެއްޖެ އެވެ. އޭނާގެ މައްޗަށް އެ ތުހުމަތު ކުރީ މުވައްޒަފަކަށް ޖިނ...

19 Jan 2022 | 06:02

އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކުރީގެ ކޮމިޝަނަރު އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުން ސަލާމަތް ވެއްޖެ އެވެ.

އޭނާގެ މައްޗަށް އެ ތުހުމަތު ކުރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖުނާއިދާ ދެކޮޅަށް ކުރާ ތުހުމަތުގައި ޖިނާއީ ދައުވާ ކުރެވޭނެ އަމަލެއް ނެތް ކަމަށް ނިންމައި އެ ކޭސް ފައިލްކޮށްފައިވާ ކަމަށެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ޖުނައިދުގެ މައްސަލަ ތަހުގީގު ކުރިއިރު ޖިނާއީ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ޖުނައިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކުރީ އޭނާގެ އަމިއްލަ ކުންފުނި، އޮންދިގޯގެ އަންހެން މުވައްޒަފެކެވެ.

ޖުނައިދަށް ތުހުމަތުކޮށް، އަންހެން މުވައްޒަފު ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވަޒީފާގެ މާހައުލުގައި އޭނާ އަށް ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެކަންތައް ބޮޑުވެ، ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އޮފީހުގެ ރަސްމީ ގަޑީގައި، ކެމެރާ ނެތް ތަނަކަށް ގެންގޮސްގެން ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު މުވައްޒަފުކޮށްފައިވެ އެވެ.

އެ މުއްވައްޒަފު މިހާޜު ވަނީ އެ ކުންފުނީގެ ވަޒީފާއިން ވަކިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް