ކޯވިޑް-19ގެ ހާލަތުން އަރައިގެނެވޭނެ ދުވަސް އަދި ގާތް ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދޮނަމް ވިދާޅުވީ ހާލަތުން އަރައިގަނެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ހާލަތު ސީރިއަސް ނުވި ނަމަވެސް މިހާރު ފެތުރެމުންދާ އޮމިކްރޯންއަކީ އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ ވޭރިއަންޓު ކަމަށެވެ.
ޓެޑްރޮސް ވިދާޅުވީ އޮމިކްރޯންގެ ސަބަބުން ވައިރަސް ދުނިޔޭގައި ފެތުރެމުންދާ ގޮތަށް ބަދަލު އައިސް މިސްރާބު ބަދަލުވަމުންދާ ކަމަށެވެ. އޭނާ ވަނީ ބަލީގައި މީހުންގެ ހާލަތު ސީރިއަސް ނުވި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމަކީ ސިއްހީ ހިދުމަތަށް ބުރޫ އަރާނެ ކަމަށްވާތީ ގައުމުތަކުން ސަމާލު ކަން ދިނުން މުހިންމު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް