އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް

އއ. އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމުމަކާއި ހަމައަށް ހިނގައްޖެ ކަމުގައި އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ އުކުޅަހު ބަނދަރުގެ އެއްގަމު...

19 Jan 2022 | 04:44

އއ. އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމުމަކާއި ހަމައަށް ހިނގައްޖެ ކަމުގައި އެ މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އުކުޅަހު ބަނދަރުގެ އެއްގަމު ތޮށި ލުމާއި، ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ހުރި ބޭރު ތޮށީގެ ޕްރޮފައިލިންގ މަސައްކަތްތައް މި މަހުގެ ބާރަ ވަނަ ދުވަހު ވަނީ ފަށާފައި ކަމުގައި އެ ކުންފުނިން ހާމަ ކުރެއެވެ.

މި މަޝްރޫޢޫގެ ދަށުން،19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 136 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން ހިމެނެއެވެ.

މީގެ އިތުރުން، 138.73 މީޓަރުގެ ޖެޓީއެއް ހެދުމާއި 580 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 19.9 މިިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް