ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ އެއްބަޔަކީ އެގައުމެއްގެ ޒުވާނުން: ރައީސް ނަޝީދު

ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ އެއްބަޔަކީ އެގައުމެއްގެ ޒުވާނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނ...

19 Jan 2022 | 04:40

ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ އެއްބަޔަކީ އެގައުމެއްގެ ޒުވާނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޒުވާނުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ސަބަބަކީ ޖައްވަށް ވިހަ ގޭސްތައް ދޫކުރުން ކަމަށެވެ. އަދި ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުނުކޮށްފިނަމަ ދިރުންތައް ނެތިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސޫމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަން ފާހަގަކުރައްވާ ރައިސް ނަޝީދު ވިދާޅުވީ މޫސުމީ ގެއްލުންތަކުން އަރައިގަނެވޭނީ ގައުމުތަކުން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެން ކަމަށެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދަރަނި އިތުރުވުމަކީ ވެސް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އޮތް ހުރަހެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އަޅުގަނޑުމެންގެ ދަރަންޏަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކި ގޮތްގޮތުން ގުޅިފައިވާ އެއްޗެއްކަމަށް އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެންމެން ވެސް އިންފްރާސްޓެކްޗަރ ބޭނުންވާތީ ދަރަނި ނަގަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ ދަރަނި އިތުރުވުމުން އެގައުމެއްގެ ތަރައްގީއަށް ކުރަން އޮންނަ ހޭދަ މަދުވާ ކަމަށާއި އެކަމުގެ ސަބަބުން ކާރިސާއެއް ކުރިމަތިވެއްޖެނަމަ އެކަމުން އަރައިގަންނަން ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް