ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ގއ. މާމެންދުއަށް ނިސްބަތްވާ މީހެކެވެ. އެއީ އުމުރުން 25 އަހަރުގެ ޒުވާން އަންހެނެއް ކަމަށާއި އޭނާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މިހައިތަނަށް 248 ދިވެހީންނާއި 18 ބިދޭސީން ވަނީ މަރުވެފައެވެ.
ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ 13 މީހުންނެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް