ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. އެ އިދާރާ އިން ބުނީ އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއި...

19 Jan 2022 | 03:40

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާ އިން ބުނީ އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއިވަރު ގަދަވާ ދުވަސްވަރެއް ކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަވެފައިވާކަމަށެވެ.

އެހެންވެ، މަސްވެރިކަމާއި، ފީނުމާއި ޑައިވިންގ އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ރަނގަޅުވިނަމަވެސް، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންޓްރޯލް ގެއްލި، ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނައިރު، މީހުން ގެއްލުމާއި މަރުވުމުގެ ހިތާމަވެރި ޙާދިސާތައް ވެސް ހިނގަމުން އާދެއެވެ.

މިފަދަ އެއްވެސް ޙާދިސާއެއް ހިނގައިގެން އުޅޭކަން އެނގިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގަރޑްގެ އެހީއަށް އެދުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް