އިންޑިއާގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޕަވިތްރަ ރިޝްތާ" ގެ ދެވަނަ ސީޒަން ފަށަން ތައްޔާރު ވެއްޖެ އެވެ.
ޒީޓީވީން ފުރަތަމަ ސީޒަން ދެއްކި މި ޝޯގެ ލީޑްރޯލު ކުޅެފައިވަނީ އަންކިތާ ލަކޯންޑޭ އާއި 2019 ވަނަ އަހަރު މަރުވި އެކްޓަރު ސުޝާންތް ސިންގް ރާޖްޕުޓެވެ. ސީޒަން 2 ގައި އަންކިތާ އާއި އެކު ފެނިގެންދާ ފިރިހެން އެކްޓަރަކީ ޝަހީރު ޝެއިހް އެވެ.
މި ޝޯގެ ޓްރެއިލާ އާންމު ކުރީ އަންކިތާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ އެކި ސަބަބުތަކާއި ހެދި ކެނޑިފައިވާ ގުޅުންތަކަކީ ނިމުން އަންނަ ގުޅުންތަކެއް ނޫން ކަމަށެވެ. އަނެއްކާވެސް މާނަވް އާއި އަރްޗަނާ ގުޅިދާނެތޯ އެ ޓްރެއިލާއަށް ނިސްބަތްކޮށް ބުނެފައިވެ އެވެ.
ޓްރެއިލާއިން ފެނިގެން ދަނީ ފުރަތަމަ ސީޒަންގައި ދެމީހުން ވަރިވިތާ އެތައް އަހަރެއް ފަހުން އަނެއްކާވެސް ދެމީހުން ބައްދަލުވާތަނެވެ. އަދި އޭގެ ފަހުން ދެން ކަންތައްތައް ވާން އުޅޭ ގޮތް ކުރުކޮށް ދައްކާލާފައިވެ އެވެ.
https://www.instagram.com/p/CY3wKP3FC08/
އަންކިތާގެ އެކައުންޓު މެދުވެރިކޮށް މި ޓްރެއިލާ މިހާތަނަށް 150،000 އަށްވުރެ ގިނަ މީހުން ބަލާފައިވެ އެވެ.
އަދި ގިނަ މީހުން ވަނީ އެ ސީރީޒްއަށް އިންތިޒާރު ކުރާކަން ހާމަކޮށްފަ އެވެ، ބައެއް މީހުން ވަރަށް ކަމުދާ ކަމަށް ބުނެފައިވާއިރު އަނެއް ބަޔަކު ވަނީ މި ފަހަރުގެ ސީޒަން އަކީ ވަރަށް އަސަރު ގަދަ ސީޒަނަކަށް ވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް