ޕްރިމިއާ ލީގު: އަލްބިއޮން އާއި އެއްވަރުވެ ތާވަލްގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފި

އިނގެރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަލްބިއޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ލީގު ތާވަލްގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ. އަލްބިއޮން ގެ ދަނޑުގައި ކުޅު...

19 Jan 2022 | 03:08

އިނގެރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ އަލްބިއޮން އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ލީގު ތާވަލްގެ ދެވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ.

އަލްބިއޮން ގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ އަލްބިއޮލް އިންނެވެ. އެގޮތުން ޗެލްސީގެ ޕެންލަޓީއޭރިޔާ ތެރޭގައި ހުސްކޮށް ހުރެ އަލްބިއޮލްގެ ޖެކޮބް މޮޑާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުވާގޮތެއް ނުވެއެވެ. އޭގެ ފަހުން ޗެލްސީއިން ވެސް ވަނީ އަލްބިއޮލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އަލްބިއޮލްގެ އޭރިއާ ބޭރުން އަޒްޕްލިކުއެޓާ ފޮނުވާލި ބާރު ހަމަލާ ގޮސް އެރީ އަލްބިއޮލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ޗެލްސީން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ހަކީމް ޒިޔެޗްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ އަލްބިއޮލްގެ ގޯލު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލި ނަމަވެސް ފަހު ހާފު ފަށައިގެން 60 ވަނަ މިނެޓުގައި އަލްބިއޮލް އިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެލެކްސިސް އެލިސްޓާގެ އެހީތެރިކަމާއި އެކު ކާމިޔާބު ކޮށްދިނީ އެޑަމް ވެބިސްޓާއެވެ.

ރޭގެ މި މެޗު ކާމިޔާބު ކޮށްގެން ތާވަލްގެ ދެވަނައަށް އެރުމުގެ ފުރުސަތު ޗެލްސީއަށް އޮތެވެ. ނަމަވެސް މި މެޗުން އެއްވަރުވުމުން އެޓީމަށް މި ފުރުސަތު ވަނީ ގެއްލިފައެވެ. ޗެލްސީ އޮތީ ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއި އެކު ތާވަލްގެ ތިން ވަނާގައެވެ. ޗެލްސީއާއި ކުޅެ އެއްވަރުވި އަލްބިއޮލް އޮތީ ކުޅުނު 21 މެޗުން ލިބުނު 29 ޕޮއިންޓާއި އެކު ތާވަލްގެ ނުވަ ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް