ކުޑަރިކިލަށް ދިމާވެފައިވާ ޑޮކްޓަރު ނެތުމުގެ މައްސަލަ ހައްލުކޮށްފި

ބ. ކުޑަރިކިލަށް ދިމާވެފައިވާ ޑޮކްޓަރު ނެތުމުގެ މައްސަލަ ހައްލުކޮށް، އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަކު ފޮނުވައިފިއެވެ. އިއްޔެގެ ވަގުތެއްގައި އެރަށަށް ޑޮކްޓަރު ފޮނުވާފައިވާ އިރު، ޑޮކްޓަރަކު ނެތި ގިނަ ...

19 Jan 2022 | 02:42

ބ. ކުޑަރިކިލަށް ދިމާވެފައިވާ ޑޮކްޓަރު ނެތުމުގެ މައްސަލަ ހައްލުކޮށް، އެރަށު ސިއްޙީ މަރުކަޒަށް ޑޮކްޓަރަކު ފޮނުވައިފިއެވެ.

އިއްޔެގެ ވަގުތެއްގައި އެރަށަށް ޑޮކްޓަރު ފޮނުވާފައިވާ އިރު، ޑޮކްޓަރަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ، އެރަށުގެ ބައެއް ރައްޔިތުން ވަނީ ސިއްހީ މަރުކަޒު ބަންދުކޮށް، އިހުތިޖާޖު ކޮށްފައެވެ.

އެރަށު މީހުން ބުނަމުން ދިޔައީ އެރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއާއި ކޮވިޑްގެ ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ޑޮކްޓަރަކު ނެތުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމަށް ސިއްހީ މަރުކަޒު ބަންދުކޮށް، އިހުތިޖާޖު ކުރުމުން އެ އަތޮޅު ހޮސްޕިޓަލުންނާއި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ވަރަށް އަވަހަށް ޑޮކްޓަރަކު ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ކުޑަރިކިލުގައި ކުރިން ހުރީ މިސްރުގެ ޑޮކްޓަރެކެވެ. އޭނާ މި މަހު 10 ގައި ވަނީ ޗުއްޓީ އަށް ގޮސްފައެވެ. އެހެންވެ، މިހާރު އެރަށު މީހުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗަށެވެ.

https://twitter.com/Lucasjalyl/status/1483435689987686402?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1483435689987686402%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F79266

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް