އާއަހަރުގެ ޗުއްޓީ ރާއްޖޭގައި ހޭދަކުރުމަށް ފަހު އެނބުރި ގައުމަށް ގޮސް ހިންދީ ކޮމީޑިއަން ބާރްތީ ސިންގް އެންގޭޖްވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ބާރްތީ އެންގޭޖްވެފައިވަނީ މިހާރު އޭނާ ހުށަހަޅައިދޭ ޝޯ "ކޮމިޑީ ނައިޓް ބަޗާއޯ" ގެ ސްކްރިޕްޓް ރައިޓާ ހަރްޝް ލިމްބަޗިޔާ އާއި އެވެ. އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ވެފައިވާ ކަމަށް ވެ އެވެ.
އެ ދެމީހުންގެ އެންގޭޖްމެންޓް ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ވަރަށް ކުޑަކޮށް ބޭއްވި އެ ހަފްލާގައި ބައިވެރިވެފައިވަނީ ބާރްތީ އާއި ހަރްޝްގެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ އިތުރުން "ކޮމިޑީ ނައިޓް ބަޗާއޯ" ގެ ޓީމުގެ ބައެއް މެންބަރުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.
ބާރްތީ އާއި ހަރްޝް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ދެމީހުންގެ ސޯޝަލް މީޑިއާގެ ރަސްމީ އެކައުންޓުން އެކުގައި ނަގާފައިވާ ފޮޓޯ އާންމު ކުރެ އެވެ.
"ދަ ގްރޭޓް އިންޑިއަން ލާފާ ޗެލެންޝުން" ވިދާލި ބާރްތީ ވަނީ 2012 ވަނަ އަހަރު އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑުން ބެސްޓް އެކްޓްރެސް ކޮމިޑީ ހާސިލްކޮށްފައި އެވެ. ބާރްތީ އަކީ އިންޑިއާގެ ސިނަމާގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ސްޓޭންޑްއަޕް ކޮމީޑިއަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް