އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ. ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގ...

19 Jan 2017 | 04:16

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ-މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް 31 މޭ 2016 ގައި ކުރެވުނު އިޢުލާނާ ގުޅިގެން ކެޓަގަރީ A އަށް އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައިނުވާތީ އާއި ހުޅުދޫ-މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ފަރާތްތަކަށްވެސް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކެޓަގަރީ C އިތުރުކޮށް، 31 މޭ 2016 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައި ކަމަށެވެ.

"އެގޮތުން، ފްލެޓަށް އެދޭ ފޯމް 22 ޖަނަވަރީ 2017 ން ފެށިގެން މި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެއެވެ." އެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީގެ  ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށާއި ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2017 ން ފެށިގެން 02 މާރިޗު 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް