ހާއްސަ ދަތުރުފުޅެއްގައި ހައުސިން މިނިސްޓަރު ހދ އަށް ފުރާވަޑައިގެންފި

ހާއްސަ ދަތުރުފުޅެއްގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ހދ އަތޮޅަށް ފުރާވަޑައިގެންފި އެވެ. ހައުސިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްޞަ ...

19 Jan 2017 | 03:41

ހާއްސަ ދަތުރުފުޅެއްގައި ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ހދ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ހައުސިން މިނިސްޓަރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ހދ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ހިންގަވާތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވައި، ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ދައުލަތުގެ މީޑިއާއިން ހާމަކުރެ އެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހދ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވުމަށް ހަމަޖެހިފައިވާކަމުގައިވެސް އެ މީޑިއާއިން ހާމަކުރެ އެވެ.

ޕީއެސްއެމްގެ ވެބްސައިޓްގައި ވާގޮތުގައި މި ދަތުރުފުޅުގައި މިނިސްޓަރ މުޢިއްޒުގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީގްރޫޕުގެ ލީޑަރ އަޙުމަދު ނިހާން ޙުސައިންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް