އެއަރ އިންޑިއާގެ ފްލައިޓްތަކުގައި ކަނބަލުންނަށް ހާއްސަކުރެވިފައިވާ ޖާގަތަކެއް !

އިންޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރަ ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ނިޔަތުގައި ފްލައިޓްތަކުގައި ކަނބަލުންނަށް ވަކި ސީޓުތަކެއް ހާއްސަކ...

19 Jan 2017 | 03:27

އިންޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރަ ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމުގެ ނިޔަތުގައި ފްލައިޓްތަކުގައި ކަނބަލުންނަށް ވަކި ސީޓުތަކެއް ހާއްސަކުރަން އެއަރ އިންޑިއާއިން ނިންމާފައިވާކަމުގައި އެ އެއަރލައިނުން ބުނެފި އެވެ.

އެ އެއަރލައިންގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިއްޔެއިން ފެށިގެން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ފްލައިޓްތަކުގައި ތިންވަނަ ބަރިން ހަ ގޮނޑި ވަކިން އިށީންނަން ބޭނުންވާ ކަނބަލުންނަށް ހާއްސަކުރެވިފައިވާނެ ކަމަށެވެ.

އިންޑިއާގައި އަންހެނުންނަށް ފުރައްސާރަކޮށް ފޮށެ ހަދާ މިންވަރު މަދުކުރުމަށް ރޭލުތަކުގައިވެސް އަންހެނުންނަށް ހާއްސަ ކޮމްޕާޓްމެންޓްތައް ވަނީ މީގެ ކުރިން ތައާރަފް ކޮށްފަ އެވެ. ނަމަވެސް ނިސްބަތުން ބަލާއިރު އެ ގައުމުގައި އަންހެނުންނަށް ފުރައްސާރަ ކުރުމާއި ރޭޕް ކުރުން އަންނަނީ ދުވަހެއް ދުވަހަށް އިތުރު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް