ތުރުކީ އަސްކަރިއްޔާގެ 243 މެމްބަރަކު ހައްޔަރު ކުރުމަށް އަމުރު ނެރެފި

ތުރުކީ އަސްކަރިއްޔާއަށް ނިސްބަތްވާ 243 މެމްބަރަކު ހައްޔަރު ކުރުމަށް އެގައުމުގެ ކޯޓަކުން އިއްޔެ އަމުރު ނެރެފި އެވެ. ތުރުކީގެ ނޫސް އޭޖެންސީއެއް ކަމުގައިވާ އަނަދޮލޫ އިން ބުނެފައިވާގޮތުގައި ހައްޔަރުކުރުމަ...

19 Jan 2017 | 01:40

ތުރުކީ އަސްކަރިއްޔާއަށް ނިސްބަތްވާ 243 މެމްބަރަކު ހައްޔަރު ކުރުމަށް އެގައުމުގެ ކޯޓަކުން އިއްޔެ އަމުރު ނެރެފި އެވެ.

ތުރުކީގެ ނޫސް އޭޖެންސީއެއް ކަމުގައިވާ އަނަދޮލޫ އިން ބުނެފައިވާގޮތުގައި ހައްޔަރުކުރުމަށް އަމުރު ނެރުނު، އަސްކަރިއްޔާގެ 243 މެމްބަރުންނަކީ އެ ގައުމުގެ 54 ޕްރޮވިންސަކަށް ނިސްބަތްވާ މެމްބަރުންނެނެވެ.

ހައްޔަރު ކުރަން އަމުރު ނެރެފައިވާ އަސްކަރިއްޔާގެ މެމްބަރުން، "ބައިލޮކް" ނަމަކަށް ކިޔާ ސެކިއުރިޓީ ވަރުގަދަ މެސެޖިން އެޕްލިކޭޝަނެއް ބޭނުންކުރަމުންއ އަންނަކަމުގެ ތުހުމަތާއި އަދި އެގައުމަށް ބަގާވަތް ގެންނަން އުޅުނު ކަމަށްވުނާ ފަތުހުﷲ ގުލެން އާއި އެ މެމްބަރުން އެ އެޕްލިކޭޝަން މެދުވެރިކޮށް މުއާމަލާތް ކުރާކަމުގެ ތުހުމަތު ކުރެވޭކަމުގައިވެސް އަނަދޮލޫ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް