އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް އަށް އައިސީޔޫގައި ފަރުވާ ދެނީ

އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ހާބަރޓް ވޯކަރ ބުޝް (ޖޯޖް ބުޝް) އަށް އެމެރިކާގެ ހޮސްޕިޓަލެއް ކަމުގައިވާ ހައުސްޓަން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމުގައި އޭނާގެ އޮފީހުން ބުނެފި އެވެ. އ...

19 Jan 2017 | 01:37

އެމެރިކާގެ 41 ވަނަ ރައީސް، ޖޯޖް ހާބަރޓް ވޯކަރ ބުޝް (ޖޯޖް ބުޝް) އަށް އެމެރިކާގެ ހޮސްޕިޓަލެއް ކަމުގައިވާ ހައުސްޓަން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމުގައި އޭނާގެ އޮފީހުން ބުނެފި އެވެ.

އުމުރުން 92 އަހަރުގެ ޖޯޖް ބުޝްއަށް އައިސީޔޫގައި ފަރުވާ ދީފައިވަނީ ނިއުމޯނިއާގެ ސަބަބުން ނޭވާ ކުރުވުމުން ކަމުގައްޔާއި އަދި މިހާރު އޭނާގެ ހާލު ރަނގަޅު ކަމުގައި އޭނާގެ އޮފީހުން ބުނެފައި ވެ އެވެ.

ޖޯޖް ބުޝްއަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އޭނާގެ އަނބިކަނބަލުން، އުމުރުން 72 އަހަރުގެ ބާބަރާ އަށްވެސް ހަމަ އެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ބާބަރާއަށް ފަރުވާ ދެމުން އަންނަނީ ރޯގާ ޖެހިގެން ކަމުގައި ބުޝްގެ އޮފީހުން ބުނެފައި ވެ އެވެ.

ޖޯޖް ބުޝްއަކީ ދުނިޔޭގައި މިވަގުތު ހުންނެވި އުމުރުން އެއްމެ ގިނަ ދުވަސްވީ އެމެރިކާގެ ރައީސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް