ބަޔަކު ޖަމާއަތް ހަދައިގެން ގޮސް ބިދޭސީއެއްގެ ބޯ ފަޅާލައިފި

މާލޭގައި ބަޔަކު ޖަމާއަތް ހަދައިގެން ގޮސް ބިދޭސއެއްގެ ބޯ ފަޅާލައިފި އެވެ. މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މާފަންނު "ފަރީދީ ކެފޭ" ގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީ ބޯ ފަޅާލ...

19 Jan 2015 | 18:05

މާލޭގައި ބަޔަކު ޖަމާއަތް ހަދައިގެން ގޮސް ބިދޭސއެއްގެ ބޯ ފަޅާލައިފި އެވެ.

މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މާފަންނު "ފަރީދީ ކެފޭ" ގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީ ބޯ ފަޅާލީ ޖަމާއަތް ހަދައިގެން އެތަނަށް އައި ބަޔަކު ކެފޭގައި އުޅޭ ބިދޭސީ މީހާ ގެންގޮސް ކައިރީގައި ހުރި ގެއަކަށް ވައްދައިގެން ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެކަން ހިނގީ ދެ ބިދޭސީއެއްގެ ދެމެދުގައި މައްސަލަ ޖެހިގެންނެވެ. ދެ ބިދޭސީން ދެމެދު މައްސަލަ ޖެހުނީ ރާއްޖެއަށް ބިދޭސީން ގެނައުމުގެ ކަތްތައްތަކެއްގައި ދެމީހުންގެ ހިޔާލު ތަފާތުވެގެންނެވެ.

މިކަމާމެދު ދުވަހަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 8:45 އެހާކަންހާއިރު ފަރީދީ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މާރާމާރީގައި ޒަޚަމްވި ބިދޭސީ މީހާއަށް ފަރުވާ ދިނުމަށް ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގާ ތުހުމަތު ކުރެވޭ ފަރާތްތައް ހޯދަމުން އަންނަ ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް