ނިއުރޭޑިއަންޓުން އަޝްފާގަށް ގާޑް އޮފް އޮނާއެއް އަރުވާނެ: އަލީ ވަޙީދު

ނިއުރޭޑިއަންޓްގެ ކުރީގެ ތަރި އަލީ އަޝްފާގަށް ޕޮމިސް ކަޕްގައި ނިއުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން ޝަރަފުގެ ގާޑެއް ނުވަތަ ގާޑް އޮފް އޮނާއެއް އަރުވާނެކަމަށް ނިއުގެ ޗެއަރމަން އަލީ ވަހީދު (ބަލަކް) ބުނެފިއ...

19 Jan 2015 | 16:09

ނިއުރޭޑިއަންޓްގެ ކުރީގެ ތަރި އަލީ އަޝްފާގަށް ޕޮމިސް ކަޕްގައި ނިއުގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން ޝަރަފުގެ ގާޑެއް ނުވަތަ ގާޑް އޮފް އޮނާއެއް އަރުވާނެކަމަށް ނިއުގެ ޗެއަރމަން އަލީ ވަހީދު (ބަލަކް) ބުނެފިއެވެ.

ނިއުރޭޑިއަންޓް ޕޮމިސް ކަޕް ފެށުމުގެ ގޮތުން ފުރަތަމަ މެޗުގައި ނިކުންނަންޖެހޭނީ މެލޭޝިއާގެ ފުރަތަމަ ޑިވިޝަންގެ ޕީޑީއާރް އެމްއާއި ދެކޮޅަށެވެ. އެއީ މިހާރު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ ކުލަބެވެ.

އަޝްފާގަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަބަޔަކު އެއްބަސްވެއެވެ. އެގޮތުން ނިއުރޭޑިއަންޓަށްވެސް އަޝްފާގުވަނީ މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ނިއުގެ ފަރާތުން ޝަރަފުގެ ގާޑް އަރުވާނެކަމަށް މައުލޫމާތު ލިބެނީ އެރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިންނެވެ.

ޕޮމިސް ކަޕްގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު މުބާރާތުގެ ނަންވަނީ ރީ ބްރޭންޑް ކޮށްފައެވެ. އެގޮތުން ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރ ކަޕްގެ ނަމުގައި އޮތްއޮތުން ޕީޕަލްސް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރ ކަޕަށްވަނީ ބަދަލުކޮށްފައެވެ.

މުބާރާތް މިމަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތުގައި ކުޅޭ ހަތަރު ޓީމުގެ ތެރެއިން ރާއްޖޭގެ މާޒިޔާ އަދި ސިންގަޕޫރުގެ ސިންގަޕޯ ލަޔަންސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް