ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އެޕާޓް މެންޓަށް ފުލުހުން ވަދެ ބަލާ ފާސްކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް އެމްޑީޕީން ހުށަހަޅައިފި އެވެ.
އެމްޑިޕީން ބުނީ މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.
މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންގެ ގެ ގ.އެނިފް އަށް ފުލުހުން ވަނީ އިއްޔެ ރޭ ދަންވަރު 3:30 ހާއިރު އެވެ. އެ ގެއަށް ފުލުހުން ވަނީ ގޭގެ މައި ދޮރުވެސް ހަލާކުކޮށްލައިގެންނެވެ.
މިކަމާމެދު ފުލުހުން ބުނެފައިވަނީ ނާޒިމް ދިރިއުޅުއްވާގެ ބަލައިފާސްކުރީ މިނިސްޓަރަށް ދެއްވަންޖެހޭ ފުރިހަމަ އިހުތިރާމް ދީގެންކަމަށެވެ. އަދި ހެކީގެ ގޮތުގައި ބެލެވޭ ބައެއް ތަކެތިވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް