ސްޕެނިޝްލަލީގާ: މެސީގެ ހެޓްރިކާއެކު ބަރސާ މޮޅުވެއްޖެ

މެސީ ބަރސާއަށް ކާމިޔާބުކޮށްދިން 30 ވަނަ ހެތްރިކާއެކު ސްޕެނިޝްލަލީގާގައި ބަރސާ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ޑެޕޮޓީވޯ ލަކަރޫނިއާގެ މައްޗަށް ބަރސާއިން ކުރިހޯދާފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނ...

19 Jan 2015 | 07:11

މެސީ ބަރސާއަށް ކާމިޔާބުކޮށްދިން 30 ވަނަ ހެތްރިކާއެކު ސްޕެނިޝްލަލީގާގައި ބަރސާ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ޑެޕޮޓީވޯ ލަކަރޫނިއާގެ މައްޗަށް ބަރސާއިން ކުރިހޯދާފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށް މެޗުގައި ގިނަ ހަމަލާތަށްވެސް އުފައްދާފައިވަނީ ބަރސެލޯނާއިންނެވެ.

މެޗުގެ ފުރަތަމަ ގޯލް މެސީ ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައި އީވާން ރަކެޓިޗްގެ ހުރަހަކުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ.

ދެވަނަ ހާފްގައި ކުޅެން ނިކުމެ 62 ވަނަ މިނެޓުގައި މެސީވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މެސީ މި ސީޒަންގައި ޖެހި 19 ވަނަ ގޯލައެވެ. އަދި ބަރސާގެ ހަތަރުވަނަ ގޯލައަކީ ލަކަރޫނިއާގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލައެކެވެ.

މޮޅާއެކު ބަރސާއޮތީ ލަލީގާ ތާވަލުގެ ދެ ވަނައިގައެވެ. އެއީ އެއްވަނައިގާ ވާ ރިއާލް މެޑްރިޑާއި އެއް ޕޮއިންޓް ފަރަގެއްގައެވެ. ތިންވަނައިގައިވާ އެތްލެޓިކޯ މެޑްރިޑްވެސް ރޭގެ މެޗު ކާމިޔާބުކޮށް ތާވަލުގައި ދަމަހައްޓަމުން އައި ފަރަގުވަނީ ދަމަހައްޓާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް