ޝަފާ މިނިވަން ވެއްޖެ

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ ވެރިއެއްކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގެ އިބްރާހިމް ޝަފާޒު އަބުދުއްރައްޒާގް މިނިވަން ވެއްޖެ އެވެ...

19 Jan 2015 | 06:15

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ ވެރިއެއްކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގެ އިބްރާހިމް ޝަފާޒު އަބުދުއްރައްޒާގް މިނިވަން ވެއްޖެ އެވެ.

ޝަފާ މިނިވަންވީ 18 އަހަރަށް ޖަލަށް ލުމާ އެކު 75000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދާދި ދެންމެ އަކު ބާތިލު ކުރުމުންނެވެ.

ސަފާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ސަފާ ފައިސާ ފޮނުވިކަން ދަލީލުކޮށްދޭ ލިޔެކިޔުންތައް ވިލާ ޓްރެވެލްސް އިން ފުލުހުން ހޯދާފައިވާ އިރު އެއީ ޒާތީ މުއާމަލާތެއް ކަމަށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މީސްމީހުންގެ ޒާތީ މުއާމަލާތްތައް ފުލުހުން ހޯދަން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެހެންނަމަވެސް ވިލާ ޓްރެވެލްސް އިން ސަފާއާ ގުޅުންހުރި ލިޔުންތައް ހޯދާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް