ދިރާގުން އައްޑުއަށް 4ޖީގެ ހިދުމަތް ތައާރަފް ކޮށްފި

ދިރާގުން އައްޑުއަށް 4ޖީގެ ހިދުމަތް ތައާރަފް ކޮށްފި އެވެ. އެ ހިދުމަތް އައްޑުއަށް ތައާރަފް ކުރީ ރޭ އެކަމަށްޓަކައި ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ތައާ...

19 Jan 2015 | 05:42

ދިރާގުން އައްޑުއަށް 4ޖީގެ ހިދުމަތް ތައާރަފް ކޮށްފި އެވެ.

އެ ހިދުމަތް އައްޑުއަށް ތައާރަފް ކުރީ ރޭ އެކަމަށްޓަކައި ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު ތައާރަފް ކޮށްދެއްވީ ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދެވެ. އެ ހިދުމަތް އައްޑުއަށް ފެށިކަން ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލަށް ހާއްސަ ލިޔުމެއް ހަވާލުކުރި އިރު އެ ލިޔުމާ އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ އެ ކައުންސިލް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އެވެ.

ދިރާގުން ވަނީ 4ޖީގެ ހިދުމަތް މިމަހުގެ 17 ވަނަ ދުވަހު ފުވައްމުލަކަށްވެސް ތައާރަފް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް