ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައިގާ ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީއިން ގޯތިތަކެއް ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ކުރިއަށްގެންދަން ފަށާފައިވާކަމަށެވެ.
މި މައްސަލައަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކެއް ކަމަށްބުނެ އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އެ ފަރާތްތަކަށް ގޯތީގެ އިންފާރު ރޭނުމުގެ ހުއްދައަށް އެދުމުން އެ ފަރާތްތަކަކީ ބިންވެރިޔާ ގޯތި ލިބިފައިވާ ފަރާތްތަކެއް ނޫންކަމަށް ހައުސިން މިނިސްޓްރީއިން އެޗްޑީސީއަށް އެންގި ހިސާބުން ފެންމަތިވި މައްސަލައެކެވެ.
މި މައްސަލައާއި ގުޅޭ ބައެއް ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެގޮތަށް އިންފާރު ރާނަން ހުއްދަ ދޭން އެދިފައިވާ އެއް ފަރާތަކީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުގެ ކޮއްކޮ ފަޒީލް ރަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް