ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެޗްޑީސީއަށް ވަދެއްޖެ

އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެޗްޑީސީއަށް ވަދެއްޖެއެވެ. ދުވަހަށްް އެނގިފައިވާ ގޮތުގައި އެޗްޑީސީއަށް ވަނީ ސައިބަރ ކްރައިމްގެ ޓީމެކެވެ. މި މައްސަލައަކީ ބިންވެ...

18 Dec 2024 | 12:22

އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެޗްޑީސީއަށް ވަދެއްޖެއެވެ.

ދުވަހަށްް އެނގިފައިވާ ގޮތުގައި އެޗްޑީސީއަށް ވަނީ ސައިބަރ ކްރައިމްގެ ޓީމެކެވެ.

މި މައްސަލައަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެކެވެ.

މިކަން ހޫނުވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތު ހަމަނުވާ ބަޔަކަށް ގޯތި ދޫކޮށްފައި ވަނިކޮށް އޭގެތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިން މިނިސްޓްރީގައި އެދުމުންނެވެ. ހައުސިން މިނިސްޓްރީން ވަނީ އެއީ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކެއް ނޫން ކަމަށް އެޗްޑީސީއަށް އަންގާފައެވެ.

އެގޮތުން ސޯސަލް މީޑިއާގައި ދައުރުވާ ލިޔެކިޔުމުގައި ހުއްދަ ހޯދުމަށް އެދުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުގެ ކޮއްކޮ މުހައްމަދު ފަޒީލް ރަޝީދާއި  އަބްދުލްމަޖީދު މާހިރެވެ.

އެ ފަރާތުން ހައުސިން މިނިސްޓްރީގައި ފާރު ރޭނުމުގެ ހުއްދަ އަށް އެދިފައިވަނީ ޖުލައި މަހުގެ ތެރޭއެވެ. އެހެން  ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދުނު ފަރާތްތަކެއް ނޫން ކަމަށް ބުނެފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް