ދުންފަތް ކޮންޓްރޯލް ކުުރުމުގެ ގާނޫނާ ޚިލާފުވި ބަޔަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެކަމާއި ގުޅިގެން ޖުމްލަ ހަތަރު މީހަކަު އަންގާރަ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ކޮށްފައި ވާ ކަމަށެވެ. އަދި އެމީހުން ޖޫރިމަނާކޮށްފައިވަނީ ޖުމްލަ20،000 ރުފިޔާއިން ކަމަށެވެ. އެއީ މީހެއްގެ މައްޗަށް5000 ރުފިޔާގެ ރޭޓުންނެވެ.
ޑިސެންބަރު މަހުގެ15 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށުނު ގާނޫނުގެ ދަށުން ރާއްޖޭގައި ވޭޕް އާއި އެއާ ގުޅުން ހުރި އާލާތްތައް ވިއްކުމާއި ބޭނުންކުރުން އަދި އިސްތިހާރު ކުރުމަކީ މަނާކަމެކެވެ. އެއީ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް