ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިތަކެއް ދިން ކަމަށް ބުނެ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލްއަށް ކުރާ ތުހުމަތުތައް ތަހުގީގުކުރުމަށް ހިތަދޫ ދާއިރާގެ މެންބަރު އަޒާން ގޮވާލައްވައިފިއެވެ.
އެގޮތުން އެ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ބުނެ ބައެއް ލިޔެކިޔުންތައް ދަނީ ސޯސަލް މީޑިއާގައި ދައުރުވަމުންމެވެ. އޭގެތެރޭގައި ގޯތި ލިބުނު މީހުންގެ ލިސްޓެއް ހިމެނެއެވެ. އެ ލިސްޓުގައި ފަޒުލްގެ ކޮއްކޮ، މުހައްމަދު ފަޒީލް ރަޝީދުގެ ގޯއްޗެއް ހިމެނެއެވެ. މުހައްމަދު ފަޒީލު އަކީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރެވެ.
ސޯސަލް މީޑިއާގައި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ ބިންވެރިޔާ ސްކީމްގެ ދަށުން އެއްވެސް ބަޔަކާއި ހަވާލުކޮށްފައިވާ ގޯތިތަކެއް ނޫން ކަމަށް ހައުސިންގްެ މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންް ނަމަވެސް ތުހުމަތު ކުރާ ފަރާތްތަކުން ބުނާގޮތުގައި ހުޅުމާލެއިން ބިންވެރިޔާ ސްކީމްގެ ދަށުން ނުދެވި ހުރި ގޯތިތައް މިހާރު ދަނީ މީހުންނާ ހަވާލުކުރަމުންނެވެ. އަދި މިކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރަނީ އެމްޑީ ފަޒުލްއަށެވެ.
މިކަމާއި ގުޅިގެން އަޒާން ވިދާޅުވީ، މިއީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި މިކަން ކަމާގުޅުން ހުރި އިދާރާތަކުން ތަހުގީގުކުރަން ގޮވާލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް