ދަރިވަރުންތަކެއް ގްރޫމް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރަކު ޝަރުތުތަކަކާއި އެކު ދޫކޮށްލައިފި

ދަރިވަރުންތަކެއް ގްރޫމް ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ޓީޗަރަކު ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެއީ ފިރިހެން ޓީޗަރެއް ކަމަށާއި އޭނާ...

18 Dec 2024 | 10:16

ދަރިވަރުންތަކެއް ގްރޫމް ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ޓީޗަރަކު ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެއީ ފިރިހެން ޓީޗަރެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ދަރިވަރުންގެ އުމުުރާއި ނުގުޅޭ ވާހަކަދައްކައި ގްރޫމް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.އޭނާގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވީ ނަމަވެސް ފުލުހުން ބުނީ އެއީ މ،ފ،ދ،ތ،ލ ގެ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ރަށަކަށް ނިސްބަތްވާ ޓީޗަރެއް ކަމަށެވެ.

އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ17 ވަނަ ދުވަހެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ނޮވެމްބަރު މަހުގެ25 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް