ކ.ގުރައިދޫގައި ނިޔާވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދު މެންދުރު12 ގެ ފްލައިޓުން ކަމަށެވެ.
ގުރައިދޫގައި ތުއްތު ކުއްޖެއް ނިޔާވި މައްސަލަ ފުލުހަށްަ ހުށަހަޅާފައިވަނީ މި މަހު14 ވަނަ ދުވަހެވެ.
އެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޮޓޮޕްސީއަށް ރާއްޖޭން ބޭރަށް ފޮނުވާނެ ވާހަކަ މީގެ ކުރިންވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް