ޑިސެމްބަރު ހަތަރުވަނަ ދުވަހު ޕްރިމިއަރ ކުރި ޕުޝްޕާ ދޭއްގެ ޕްރިމިއަރ ޝޯއެއް ބަލަންގޮސް އުޅުމުގެ ތެރޭގައި ފިތިބާރުވެގެން މަރުވި އަންހެން މީހާގެ ފިރިހެން ދަރިފުޅުގެ ހާލުވެސް ވަރަށް ގޯސްކަމުގައި ރިޕޯޓްކޮށްފިއެވެ.
ޕުޝްޕާގެ ތަރި އައްލޫ އަރްޖޫން ބައިވެރިވި އެ ޕްރިމިއަރ ޝޯގައި ބާރުބޮޑުވެ މީހުން ފިތެން މެދުވެރިވީ އައްލޫ އަރްޖުން ބަލަން މީހުން ބޮނޑިވެގަތްގަޑީގައެވެ.
އެ ހާދިސާގައި މަރުވެފައިވަނީ ރެވަތީ ނަމަކަށްކިޔާ އަންހެނެކެވެ. އެވަގުތު އޭނައާއެކު އޭނާގެ ދެ ދަރިންވެސް ތިއްބެވެ. އެ ދެ ދަރިންގެ ތެރެއިން އުމުރުން 9 އަހަރުގެ ސްރީ ތޭޖް ނަމަކަށްކިޔާ ފިރިހެން ދަރިފުޅުވެސް ހާލު ދެރަވެ ހޮސްޕިޓަލަށް ގެންދިޔައެވެ.
މަޝްހޫރު ކިމްސް ހޮސްޕިޓަލުގެ ޓީމަކުން އެ ކުއްޖާއަށް ފަރުވާދެމުން އަންނައިރު އެ ޓީމުން ބުނެފައިވަނީ އެ ކުއްޖާގެ ސިކުނޑިއަށް މައްސަލަ ދިމާވެފައިވާކަމަށެވެ.
ރެވަތީގެ މަރުގެ މައްސަލައިގާ އައްލޫ އަރްޖުން ހައްޔަރުވެސްކުރިއެވެ. އެހެންނަމަވެސް ހައްޔަރުކުރި ދުވަހު ކަފާލާތުގެ ދަށުން އައްލޫ އަރްޖޫން ދޫކޮށްލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް