ކެފޭއަކަށްވަދެ ލޫޓުމާރުކުރި މައްސަލައެއްގައި ދެމީހަކު ހައްޔަރު

މާލޭ ކެފޭއަކަށްވަދެ ލޫޓުމާރުކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ ވައިލެޓްމާގެ، އުމުރުން 31 އަހަރުގެ އަހްމަދު ތައުފީގާއި ބ. ތުޅާދޫ، މީޒާން، އުމުރުން 44 އަހަރުގެ އަސަދުﷲ ޚ...

18 Dec 2024 | 06:47

މާލޭ ކެފޭއަކަށްވަދެ ލޫޓުމާރުކުރި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ގއ. ދެއްވަދޫ ވައިލެޓްމާގެ، އުމުރުން 31 އަހަރުގެ އަހްމަދު ތައުފީގާއި ބ. ތުޅާދޫ، މީޒާން، އުމުރުން 44 އަހަރުގެ އަސަދުﷲ ޚާތިމް އެވެ.

ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް" އަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުދަލަށް ގެއްލުންދީފައިވާ މައްސަލައާއި ގުޅިގެން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި އެ ދެމީހުންގެ ބަންދަށް ކޯޓުން 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް