ގެއްލިގެން ހޯދަމުންދިޔަ ހަސަން ނިހާލު ފެނިއްޖެ

ގެއްލިގެން ހޯދަން އިއްޔެ އިއުލާނުކުރި ހަސަން ނިހާލު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން ހޯދަމުންދިޔަ، ތ. މަޑިފުށި، ބޮ...

18 Dec 2024 | 04:48

ގެއްލިގެން ހޯދަން އިއްޔެ އިއުލާނުކުރި ހަސަން ނިހާލު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން ހޯދަމުންދިޔަ، ތ. މަޑިފުށި، ބޮންތި، އުމުރުން 34 އަހަރުގެ ހަސަން ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ ހަސަން ނިހާލު ފެނުނު އިރު ހާލުވެސް ރަނގަޅުކަމަށެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ 20:07 ހާއިރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް